Friday, November 13
100 ދަރިވަރުންނަށް އެކައުންޓިންގ ދާއިރާއިން ކިޔަވަން ސްކޮލަރޝިޕް ދީފި
ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލެވުނު ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފިއެވެ. އެކައުންޓަންޓުންނަށް ޚާއްސަކޮށްގެން ހުޅުވާލި ސްކޮލަރޝިޕްގައި 100 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މިސްކޮލަރޝިޕްތައް ހަވާލުކުރުމަށް ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްވެރިންނާއި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސްކޮލަރޝިޕްގެ ސަބަބުން ގިނަ ދަރިވަރުންނަށް ފުރުޞަތު ލިބި، ޤައުމަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓަންޓުން އުފެއްދުމަށް މަގުފަހި ވެގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސަރުކާރުން ސްކޮލަރޝިޕް ފުރުސަތު ހުޅުވައި ދަރިވަރުން ހޮވާފައިވާއިރު މީގެ ކުރިންވެސް މިފަދަ ސްކޮލަރޝިޕްތައް ވަނީ ދީފައެވެ. އެގޮތުން މިއަހަރުދިން ސްކޮލަރޝިޕްތަކާއެކު މިހާތަނަށް މިދާއިރާއިން 500 ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދީފައިވާކަން ސީއޭ މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު