Friday, November 13
ޙައްޖު ވެރިން ތިބޭ ހޮޓަލުގައި ޞިއްޙީ ޚިދުމަތްތައް ދިނުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސަޢޫދީ އަރަބިއްޔާގެ އަލް އަބީރު ނެޝަނަލް ހޮސްޕިޓަލާ ދެމެދު ހައްޖުވެރިންނަށް ޞިއްހީ ޚިދުމަތް ދިނުމާއި ގުޅޭގޮތުން މަޝަވަރާ ކޮށްފިއެވެ.

އަލް އަބީރު ނެޝަނަލް ހޮސްޕިޓަލާ ދެމެދު  ބޭއްވި މި ބައްދަލުވުމުގައި، މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، އަލް އަބީރު ނެޝަނަލް ހޮސްޕިޓަލާ ގުޅިގެން މައްކާގައި ޙައްޖު ވެރިން ތިބޭ ހޮޓަލުގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާރ އުސްތާޒް ޢަލީ ޝަރީފް އަދި ހެޑް އޮފް ޙައްޖު/ޢުމްރާ އޮޕަރޭޝަންސް، ޢިރުފާން އަންވަރު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ޖެނެރަލް އެޑްމނިސްޓްރޭޝަންސްގެ ޖެނެރަލް ސުޕަވައިޒާރ ޑރ. ބަދުރު މުޙައްމަދު އަލްސުލާމީ އާއި ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސަޢޫދީ އަރަބިއްޔާގެ އަލް އަބީރު ނެޝަނަލް ހޮސްޕިޓަލާ ދެމެދު މުހިންމު މަޝްވަރާ...

Posted by Maldives Hajj Corporation Limited on Monday, April 14, 2025

 

މިބައްދަލުވުމުގައި 1446 ވަނަ އަހަރު ދިވެހި ރާއްޖެ އިން ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ އިތުރުން ޙައްޖުވެރިންނާއި ގުޅުންހުރި ކަންކަން ކޯރޑިނޭޓްކޮށްގެން އޮމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް މުހިއްމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 25 އެހާ ހިސާބުގައެވެ.

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށްވަނީ ބަދަލުގެނެސްފައެވެ.

މިއާއެކު ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައި ތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުންނާއި 75 އަހަރުން މަތީގެ 103 މީހުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު