Friday, November 13
ޒަކާތު ފަންޑުން ޚާއްޞަ ސްކޮލަރޝިޕްތަކެއް ސައުދީ އާއި ސާކު ގައުމުތަކަށް

ޒަކާތު ފަންޑުން ޚާއްޞަ ސްކޮލަރޝިޕްތަކެއް ސައުދީ އާއި ސާރކު ގައުމުތަކަށް ހުޅުވާލައިފިއެވެ.

މއިސްލާމިކް މިނިސްޓްރީން ވިދާޅުވީ،  މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުން، މިޞްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާރސިޓީ އަދި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީ، ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީއިން ކަމަށެވެ.

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސުޕަރ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ.

މިކަންކަމަކީ، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާ، ޒަކާތުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ވަނީ މަސައްކަތް ފައްޓަވާފައެވެ.

ޒަކާތު ފަންޑުން މުޅި ޖުމުލަ 50 ސޮކޮލަރޝިޕް އިއްޔެ ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު