Monday, November 9
ވެކޭޝަންސް އެކްސްޕޯ ބުރާސްފަތި ދުވަހު ހުޅުވަނީ

މިއަހަރުގެ ވެކޭޝަން އެކްސްޕޯ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތަކާއި ހައްލު އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17، އިން 25، އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރުވެސް، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުން ޚާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ ދާއިރާތަކުގެ ތެރޭގައު ޓޫރިސްޓު ހޮޓާތައް،  ގެސްޓްހައުސްތައް،  އެއާލައިންތައް، ޓްރެވަލް އެޖެންޓުން،  ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް ވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު