ކުއްލި މެއިންޓަނަންސް މަސައްކަތަކަށް ހިޔާ އަދި ވިނަރެސް ފުލެޓުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި ތިރީގައިވާ ގޮތަށް ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައި.
ހިޔާ ޓަވަރު
H1, H2, H3, H4, H5, H6, H7, H8
އަދި…— STELCO (@STELCOMALDIVES) April 15, 2025
މިގޮތުން ހިޔާ ޓަވަރު 1 އިން 8 އާ ދެމެދުގެ ފުލެޓުތަކާއި، ކާމިލް ދީދީ ސްކޫލުން މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަރަންޓު މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވިނަރެސް 1 އިން 10 އާ ދެމެދުގެ ފުލެޓުތަކާއި، އެމްޕީއެލް ޓަވަރުތަކާއި ޞަލާޙުއްދީން ސްކޫލުން މިއަދު މެންދުރު 1:00 އިން 2:00 އަށް ކަރަންޓު ކެނޑޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އެހެންނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ އެ ކުންފުނީގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށާއި، މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި އެ ކުންފުނިން ވަނީ ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް ވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން