Friday, November 13
ބިދޭސީ ގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ކުންފުނިތައް ސަސްޕެންޑް ކުރަނީ

ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބުނީ މިމަހުގެ ނިޔަލަށް އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ ވަޒީފާދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިރޭ ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ މި މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް ވަނީ އަންގައިފަ އެވެ.

އަދި ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރެވިފައިނުވާ ބިދޭސީންގެ ހާލަތު (ވޯރކް ޕަރމިޓް ސްޓޭޓަސް) މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުުކޮށް ބިދޭސީން ޤަވާއިދަށް ފެއްތުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު