ނުގަވާއިދުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިގޮތުން ކަސްޓަމްސް އިން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން 2025 އެޕްރީލް 10 ވަނަ ދުވަހު ނައްތާލެވުނު ތަކެތީގެ ތަފްޞީލް އާންމުކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން 2025 އެޕްރީލް 10 ވަނަ ދުވަހު ނައްތާލެވުނު ތަކެތީގެ ތަފްޞީލް pic.twitter.com/R5s693d9OZ
— Maldives Customs Service (@CustomsMv) April 14, 2025
ކަސްޓަމްސް އިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އެޕްރީލް 10 ވަނަ ދުވަހު ވަނީ 24 ފުޅި ބިޔަރު ފުޅިއާއި 15 ދަޅު ބިޔަރުވެސް ނައްތާލައިފައެވެ.
މީގެ އިތުރުން 151 ފުޅި ބަނގުރާވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނައްތާލައިފައެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ނ. މާފަރުގައެވެ.
މި ލިޔުން ކިޔާލުމުން