އަސަރުކުރާ ކަހަލަ ފިލްމެއް ބަލާލަން ބޭނުންތޯއެވެ. ހިތް ރޮއްވާލާ ފަދަ މަންޒަރުތަކެއް ބަލާލަން ދާން ތައްޔާރުތޯއެވެ. އަވަހަށް ޓިކެޓް ލިޔުއްވަން ހިންގަވާށެވެ. ނަހޫގެ ސޮރީ އަށް ޓިކެޓެއް ލިބޭތޯ އަވަހަށް މަސައްކަތް ނުކޮށްފިއްޔާ ފުރަތަމަ ޝޯވ ނޫނީ ދެވަނަ ޝޯވއިންވެސް ޖާގައެއް ނުލިބިދާނެއެވެ.
އާއެކެވެ، ދިގު ދިގު އިންތިޒާރަކަށް ފޮނި ފޮނި ނިމުމެއް އަންނަނީއެވެ. ހިތުގެ ހިމަނާރާ ކުޅެލާފަދަ ވާހަކަތަކެއް ލިޔެ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ފާޠިމަތު ނަހުލާ (ނަހޫ) ގެ އައު ފިލްމު "ސޮރީ"ގެ ޓިކެޓް ބުކިން އަށް ތައްޔާރުވީއެވެ. ފިލްމު "ސޮރީ" ގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ މެންދުރު 13:00 ގައި ކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނަހޫ ވަނީ ހާމަކޮށްފައެވެ. ޓިކެޓް ބުކިންގ ފެށުމަށް ހަމަޖެހިފައިވަނީ 7844422 ނަންބަރު މެދުވެރިކޮށެވެ.
ޖޫން 17 ގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް އަގަކީ 250 ރުފިޔާ އެވެ. އެހެން ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ.
"މިއީ އެންމެ ޔަގީންކަމާ އެކީ އަޅުވާ ފިލްމެއް. 99 ޕަސެންޓް މީހުންނަށް ފިލްމު ކަމުދާނެ. މިއީ ވަރަށް ރަނގަޅު، ރީތި، އަސަރުގަދަ އަދި އިބުރަތްތެރި ފިލްމެއް،" ނަހޫ ބުނެފައިވެއެވެ.
ފިލްމުގެ ރަސްމީ ޓްރެއިލާ ދޫކޮށްލުމަށްފަހު މީސްމީޑިއާގެ މަންސަތަކުގައި ލިބެމުންދާ ތަރުހީބަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ފިލްމަކީ ރާއްޖޭގައި ބޮޑުވެފައިވާ ޚާއްސަ އަދި ހިތާމަވެރި މައްސަލައަކަށް އަލިއަޅުވާލާ، އިބުރަތްތެރި މެސެޖެއް ފޯރުކޮށްދޭ ފިލްމެއް ކަމަށް ނަހޫ ވަނީ ހާމަކޮށްފައެެވެ.
އޮލިމްޕަހުގައި ނަހޫގެ ފިލްމެއް ނުފެންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، "ސޮރީ" އަކީ ބްރޭކަކަށްފަހު އޮލިމްޕަހަށް އަންނަ ނަހޫގެ ފުރަތަމަ ފިލްމެވެ. "ޒުލޭޚާ" އަށްވުރެ މާ ބޮޑަށް އަސަރުގަދަ އަދި ފެންވަރު ރަނގަޅު ފިލްމަކަށް "ސޮރީ" ވެގެންދާނެ ކަމުގެ ޔަގީންކަން ނަހޫ ވަނީ ދީފައެވެ.
ފިލްމް “ސޮރީ“ އަކީ ނަހޫ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ، ޔޫއްޕެ، ލާލި، އެވްލީ އެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް މި ފިލްމުގައި ފެނިގެންދާނެއެވެ.
މިހާތަނަށް ރާއްޖޭގެ ރެކޯޑު އަދަދަކަށް މީހުންގެ ހިތްތަކުގައި އެ ފިލްމުތަކެއްގެ އަސަރު ފިލާނުގޮސް ހަނދާނުގައި އެ ފިލްމުތަކުގެ މަންޒަރުތައް ހަރުލާފައިވާ ނާއުންމީދު، ޒުލޭޚާ ފަދަ ކާމިޔާބު ފިލްމުތައް ފުރިހަމަ ކޮށްދިން ނަހޫގެ ދަރިފުޅު ނާޝްގެ ދަރިފުޅު، އާދެ، ނަހޫގެ މާމަ ދަރިފުޅާއޮ ނަހޫގެ ހަގުދަރިފުޅުގެ ސަބަބުން "ސޮރީ" މާބޮޑަށްވެސް ހާއްސަ ފިލްމަކަށް މިވަނީ ވެފައެވެ. ފިލްމުގެ ޓްރެއިލާ އާންމުންނަށް ފެންނާނެހެން ސޯޝަލްމީޑިއާއަށް ދޫކޮށްލިތާ 48 ގަޑިއިރު ނުވަނީސް 2 ލައްކަ މީހުން ބަލައި އެތައް ހާސް ބަޔަކު ކޮމެންޓުކޮށް ރިއެކްޓްކޮށް ޝެއާ ކޮށްފައި ވުމަކީ ފިލްމުގެ ކާމިޔާބީގެ އަލިގަދަ ނިޝާނެއްކަން ގައިމެވެ.
މި ލިޔުން ކިޔާލުމުން