Friday, November 13
ސިއްހީ ޚިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކީ ވަރަށް މުހިންމު މީހެއް: މިނިސްޓަ

އަތޮޅު ތަކުގެ ޞިއްހީ ޚިދުމަތްދޭ ހޮސްޕިޓަލް ތަކާއި ޞީއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރާ އިސްވެރިންނަށް އަމާޒުކޮށްގެން "މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯރ ހޮސްޕިޓަލްސް އެގްޒެކެޓިވްސް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

ތިން މަސްދުވަހަށް ހިންގޭ މި ޕްރޮގްރާމަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އެކު ކުރިއަށް ގެންދާ ޓްރެއިނިންގ އެކެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ތަމްރީން ފުރިހަމަކުރާ، ހޮސްޕިޓަލް މެނޭޖަރުންނާއި ޒިންމާދާރުވެރިން ތަމްރީނުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، އަދި ރޭވުންތެރިކަމާއި އެކު މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤާބިލް މުވައްޒަފުންތަކެއް އުފެދިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރަންޖެހޭނީ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކީ ވަރަށް މުހިންމު މީހެއްކަމަށް ދެކިގެން އެގޮތުގައި ކަމަށެވެ.

އޮންލައިންކޮށް 3 މަސްދުވަހަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި 150 މީހުން ބައިވެރިވެއެވެ. މި ޓްރެއިނިން ކުރިއަށް އޮތް ތަނުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އެކު އހަރަކު އެއްފަހަރު ކުރިއަށް ގެންދަން ބޭނުންވާކަން މިނިސްޓަރ މިއަދު ފާހަގަކުރެއްވިއެވެ. ތަމްރީނުގައި ކިޔަވައިދެއްވާ ދާއިރާތަކުގެ  ތެރޭގައި މެނޭޖީރިއަލް ޕްރޮފިޝެންސީ، ހެލްތު ކެއަރ އޮޕަރޭޝަން ހަރުދަނާކުރުން، ފައިނޭންޝިއަލް މެނޭޖްމަންްޓް، އަދި އިންފޮމޭޝަން ޓޭކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ވެސް ބައިވެރިވަޑައިގެން ތަމްރީންގައި ބައިވެރިވާ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު