މިގޮތުން ވަޒީރު ވިދާޅުވީ ދިވެހި ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި މަޑުލު ވަޙީދު އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި އެއީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއް ކަމަށާއި، އެހާމެ ކުޅަދާނަ ލިޔުންތެރިއެއް ކަމަށާއި، އެތައް ދަރިވަރުންގެ މުދައްރިސެއް އަދި ތަފާތު މަޢުލޫމާތުގެ ކުތުބުޚާނާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "ވާހަކަ ދެއްކުމުގެ ހުނަރު އަޅުގަނޑަށް ދަސްކޮށް ދެއްވި އެދުރެއް. ކީރިތި ﷲ އެމަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން!"، ވަޒީރު ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައިމަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. މުޙައްމަދު ވަޙީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. މުޙައްމަދު ވަޙީދަށް، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2019 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން މަޑުލު މުޙައްމަދު ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިއަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި 50 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.ދިވެހި ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި މަޑުލު ވަޙީދު އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގައެވެ. އެއީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެހާމެ ކުޅަދާނަ ލިޔުންތެރިއެކެވެ. އެތައް ދަރިވަރުންގެ މުދައްރިސެކެވެ. ތަފާތު މަޢުލޫމާތުގެ ކުތުބުޚާނާއެކެވެ. ވާހަކަ…
— Abdulla Khaleel (@abkhaleel) April 14, 2025

މަޑުލު ވަޙީދަކީ ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށް ދެއްވި އެދުރެއް ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





