Saturday, October 31
ޤުދުސްގައި ހިންގާ ސްކޫލްތައް ބަންދުކުރަން ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ "ޔުނިއިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ" އުންރުވާއިން އިރުމަތީ ޤުދުސްގައި ހިންގަމުން އަންނަ ހަ ސްކޫލެއް ބަންދުކުރަން އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

ފަލަސްޠީނުގެ ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ނެރުއްވި ބަޔާނުގައި ވަނީ ޔަހޫދީ ދައުލަތުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ތަޢުލީމަކީ ބައިނަލްއަގުވާމީ އިންސާނީ ޙައްގުތަކާއި ޤާނޫތަކުން ކަށަވަރުކުރަންޖެހޭ ޙައްގެއް ކަމަށާއި އެ ޙައްގު ކޮންމެ މީހަކަށްވެސް ކަށަވަރުވާންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނުގައި ބުނެފައެވެ.

މި ނިންމުން އަނބުރާ ގެންގޮސް ސްކޫލްފަދަ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ރާއްޖޭން ގޮވާލާ ކަމަށްވެސް ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ޔަހޫދީ ދައުލަތުން ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް ކުރަމުންދާ އަމަލުތަކުގައި އެ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

އިސްރާއީލުން  ވަނީ އުންރުވާގެ އެހީގައި ހިންގާ 6 ސްކޫލެއް ބަންދުކުރަން އަމުރުކޮށްފައެވެ. އޭގެ ތެރެގައި ޝޫފަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ސްކޫލަކާއި ސިލްވާން، ވާދީ އަލް ޖޯޒް އަދި ސޫރް ބަޙްރު ސަރަހައްދުތަކުގައި ހުރި ސްކޫލްތައް ބަންދުކުރުމަށް ޔަހޫދީ ދައުލަތުން އަމުރުކުރުމާ ގުޅިގެން މިހާރު ވަނީ އެ ސްކޫލްތައް ބަންދުކޮށްފައެވެ.

1967ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް ދިވެހި ސަރުކާރު ތާއީދު ކުރާކަން މި ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު