މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)ގެ ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ބެލުމަށް އެސެސްމެންޓްތަކެއް ހަދާފައިވަނީ ތައިލެންޑުގެ ލެބޯޓަރީ އެކްރެޑިޓޭޝަން ބޯޑު (ބިއުރޯ އޮފް ލެބޯޓަރީ ކޮލިޓީ ސްޓެންޑަޑްސް (ބީއެލްކިޔުއެސް)ގެ ފަރާތުންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، 2008 އިން ފެށިގެން ލެބޯޓަރީ ވަނީ ބައިނަލްއަޤްވާމީ މިންގަނޑު "އައިއެސްއޯ/އައިއީސީ 17025" އަށް އެކްރެޑިޓް ކުރެވިފައެވެ.
The National Health Laboratory (NHL)of the Maldives Food and Drug Authority (MFDA)successfully completed the ISO/IEC 17025 surveillance assessment by the Bureau of Laboratory Quality Standards, Thailand, held from 10–11 April 2025.@MFDA_mv pic.twitter.com/7PbyjJvBS8
— Ministry of Health (@MoHmv) April 13, 2025
މި އެކްރެޑިޓޭޝަންގެ ހާލަތު ވަޒަންކުރުމަށާއި، އެކްރެޑިޓް ކުރެވިފައިވާ ތަހުލީލުތަކުގެ ދާއިރާ ފުޅާކުރުމުގެ މަޤްޞަދުގައި، މިއެސެސްމަންޓް މިމަހުގެ 10 އިން 11 އަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ
މި ލިޔުން ކިޔާލުމުން