Saturday, October 31
އައިލެންޑް އޭވިއޭޝަންގެ 25 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އައިލެންޑް އޭވިއޭޝަނަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ކުންފުނީގެ ވެރީންނާއި މުވައްޒިފުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ "މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވަވާ ހިންމަތްތެރި މަސައްކަތަށް ފަޚުރުވެރިވާ" ކަމަށެވެ. އަދި ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިޤްތިޞާދު ހިފެހެއްޓުމުގައި، އަދި ތަރައްޤީ ދަމަހައްޓައިދިނުމުގައި، ޚިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ދިވެހި ޤައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުންޏެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަން ހިންގަމުންދާއިރު، އެ ކުންފުނީގެ ހިންގުން ހަރުދަނާ ކޮށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://twitter.com/MMuizzu/status/1911419967033020770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1911419967033020770%‎7Ctwgr%5Ef1f4e975039db13a444114077384189121441ddd%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F4771

މިގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް މޯލްޑިވިއަންގެ ޚިދުމަތް ދެމުންދާއިރު، ރާއްޖެއިން ބޭރަށް ވެސް ޤައުމީ އެއާލައިން ވަނީ އުދުހެން ފަށާފައެވެ. އަދި ސަރުކާރުން ވަނީ މޯލްޑިވިއަންއަށް އެއާބަސް އޭ330 މަރުކާގެ ބޯޓެއް ހޯދައިދީ ޚިދުމަތް އިތުރަށް ފުޅާކޮށްފައެވެ. މީގެއިތުރުން އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު