Monday, November 2
60 އަހަރުވުމުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތް ހަދައިފި

އުމުރުން 60 އަހަރުން މަތީގެ އިސްރަށްވެހިންނަށް، އެމީހުންގެ ރަށްރަށުގައި 60 ސީސީން ދަށުގެ ވެހިކަލްތައް ދުއްވުމަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ނިންމުމަކީ އެއްގަމުގައި ދުއްވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހެއްގެ ދަށުން އަންނަ ބަދަލެކެވެ. މި އިސްލާހުގެ ދަށުން، 60 އަހަރުން މަތީގެ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެއެވެ. މި ލައިސަންސް ދޫކުރެވޭނީ ހަތަރު ގަޑިއިރުގެ ޓްރެފިކް ގަވާއިދުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހުގައެވެ.

މި ޚާއްސަ ހުއްދައިގެ ދަށުން ދުއްވޭނީ 60 ސީސީން ދަށުގެ މޮޓޯ ސައިކަލް، އޮޓޯ ސައިކަލް، އަދި ރަށު ޕިކަޕް ފަދަ އުޅަނދުތަކެވެ. އަދި މި ހުއްދައިގެ ދަށުން ވެހިކަލް ދުއްވޭނީ ހަމައެކަނި ހުއްދަ ދޫކުރެވޭ ރަށެއްގައި، 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި އެކަންޏެވެ.

މި ޚާއްސަ ލައިސަންސްގެ މުއްދަތަކީ ދޫކުރާ ތާރީޚުން ފެށިގެން 10 އަހަރު ދުވަހެވެ. މުއްދަތު ހަމަވުމުން ލައިސަންސް އައުކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ނަމަވެސް، ތަމްރީނު ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށްފަހު އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި އައު އިސްލާހަކީ އުމުރުން ދުވަސްވީ ރައްޔިތުންގެ ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދިނުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެއްކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު