Monday, November 2
މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނު ވޭލްޝާކްގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރުފަހު 13:29 ހާއިރުގައެވެ. ެިެފަށާފައ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަރަށް އަވަހަށް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ.

އެމްއެންޑީއެފްއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފަޔަރ ފައިޓަރުންގެ ހަލުވި މަސައްކަތުގެ ސަބަބުން 13:42 ހާއިރު އަލިފާން ވަނީ އެއްކޮށް ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަން އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ބެލެވޭ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ ބަދިގޭގައެވެ. ނަމަވެސް، މި މަޢުލޫމާތު އަދި އެމްއެންޑީއެފްއިން ރަސްމީކޮށް ދީފައެއް ނުވެއެވެ. އަދި ބަދިގޭގައި އަލިފާން ރޯވީ ކިހިނެއްވެގެންކަން އަދި ސާފުވެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު