Friday, November 13
ފުލުހުންގެ ތަމްރީނުތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދަނީ

ފުލުހުންގެ ތަމްރީނުތަކެއް މިއަދު މެންދުރު ފަހު ހުޅުމާލޭގެ ފޭސް1 ގައި  ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2:00 އިން ހަވީރު 5:00 އަށެް ކަމަށެވެ.

މި ތަމްރީނުތަކުގައި ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމްތައް ބައިވެރިވާނެކަން ފާހަގަކުރަމުން، ފުލުހުން ބުނީ މިއީ އޮޕަރޭޝަނަލް ތައްޔާރީތަކާއި ކޯޑިނޭޝަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އެހެންކަމުން، މި ތަމްރީނުތައް ހިނގަމުންދާ ވަގުތުތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ. އަދި ތަމްރީނުގެ ވަގުތުގައި ފެންނަ މަންޒަރުތަކާއި ހަރަކާތްތަކަށް ކަންބޮޑުނުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު