Friday, November 13
ކަޅުތެޔޮ ޖެހި މީހާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
އެމްޑީޕީން މި ފަހުން ބޭއްވި އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މިދިޔަ މަހު 17 ވަނަ ދުވަހު ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާ އެކު އިއްޔެ ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އަހުމަދު ރިޝްމާހު (20އ) ސަންލައިޓް ވިލާ، ގއ. ދާންދޫއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އަދި، މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭރު ބަންދަށް ޖެހި 15 ދުވަސް ހަމަވެ، އިއްޔެ އަލުން ކޯޓަށް ހާޒިކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.

އޭނާ ބަންދުން ދޫކޮށްލީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމާ އެކު ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ރިޝްމާހަށް ތުހުމަތުކުރެވެނީ ޖިނާއީ ކުޑަ ކުށަކަށް ކަމަށާއި އަދި ބަންދުގައި 15 ދުވަސް ހޭދަކޮށްފައިވާތީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ޝަރުތުކޮށްފައިވާތީ ބަންދަށް ލުއިދޭން ނިންމީ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު