Friday, November 13
އެމްޑީޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮގަސްޓު 15 ގެ ކުރިން ބާއްވަނީ
މި އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމައިފިއެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މި ނިންމުން ނިންމާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ނިންމުން ނިންމާފައި ވަނީ ގައުމީ މަޖިލީހުގެ މި ޖަލްސާގައި ރޭ ބައިވެރިވި 71 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީން އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅަކީ، އެ ޕާޓީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ފަރާތްތަކުގެ ވާހަކަތައް ވެސް ދެކެވެމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ޕާޓީ "ދަ ޑިމޮކްޓްސް" އަށް އޮންމެ ރަނގަޅޫ ގޮތަކީ އެމްޑީޕީއާއި ގުޅުން ކަމަށް ވަނީ ވިދާޅުވެފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު