Monday, November 2
ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުތަކުން މާދަމާ ހެނދުނު ކަރަންޓް ކެެނޑިދާނެ ކަމަށް ސްޓެލްކޯއިންހާމަކޮށްފިއެވެ،

ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް މާދަމާ ހެނދުނު ކުރާނެ ކަމަށެެވެ.

މި މަސައްކަތް ކުރިއަށްދާނީ އެކި ދުވަސްތަކަށް ބަހާލައިގެންކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީނީ 13 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހު (މާދަމާ) ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަޑަކަށް 30 މިނިޓަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު