Monday, November 2
އައްޑޫސިޓީގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ

އައައްޑޫސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 7:29 ހާއިރު ފޭދޫ ލިންކް ރޯޑުގައެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓްގައި ހިމެނެނީ ސައިކަލަކާއި ކާރެކެވެ. އެކްސިޑެންޓްގައި ސައިކަލް ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑަށް އަނިޔާވެފައެވެ. އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު ނަމަވެސް، އެތަނުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ އޭނާ ނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަމުން ދިޔަ ގދ. ފިޔޯރީ / މާގޯލްޑް މުޙައްމަދު މާހިލް މުމްތާޒް (23 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު