Monday, November 2
މިރޭގެ މޫސުން ލަފާކުރެވޭ ގޮތް; މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ

މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ، މާދަމާ ހެނދުނު 6:00 އާ ހަމައަށް މޫސުން ލަފާކޮށް، މި އިދާރާއިން ބުނެފައިވަނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ނަމަވެސް، މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި ދެކުނުގެ ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެއެވެ. މީގެ އިތުރުން، ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކަނޑުގެ ޙާލަތާ ގުޅޭ ގޮތުން، މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެއެވެ.

މި މޫސުމުގެ ބަދަލާ ގުޅިގެން، ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި މަސްވެރިންނަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އެ އިދާރާގެ ރަސްމީ ޗެނަލްތަކުން މަޢުލޫމާތު ބެލުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު