މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ. މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް @MMuizzu ޑރ. މުއިއްޒަށް މަރުޙަބާ ދަންނަވަން. ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ފެނިގެން މިދަނީ. pic.twitter.com/VJOibKXNXZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 12, 2025

ފެނިގެން މިދަނީ ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި ބިލްޑިންގް ގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އެކަމަށް ރައީސް އަށް މަރުހަބާ ދަންނަވާ މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިސާ ނުލިބި އެތަށް އަހަރަކަށް ފެށުން ލަސްވެފައި އޮތް މި މަޝްރޫޢަށް ރައީސްގެ ވެރިކަމުގައި އަހައްމިއްޔަތުކަން ދެއްވައި ބީއެމްއެލް އިސްލާމިކް އިން ފައިސާ ހަމަޖެހިގެން ދިޔަކަމީ އުފާވެރިކަމެއް ކަމަށެވެ.
'"މި ފުރުޞަތުގައި އައިޔޫއެމްއަށާއި ބީއެމްއެލް އިސްލާމިކްއަށް ވެސް ތަހުނިޔާ ދަންނަވަން"' ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވިއެވެ.
މި ލިޔުން ކިޔާލުމުން





