Saturday, October 31
ތުރުކީން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރުމަށް ނިންމައިފި
ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާޢި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޑޯގަން ކްލާހުގެ ފަސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ​​ވޯލްކަން (ޕީ-343) ރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ ތުރުކީގެ ނޫސްތަކުން، އެ ޤައުމުގެ ޑިފެންސް މިނިސްޓަރ އާއި ހަވާލާދީ ލިޔެފައިވާ ގޮތުގައި މި ހަދިޔާ ކުރާ ތަކެއްޗަކީ ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރެވޭ އެއްޗެކެވެ. ތުރުކީގެ ނޫސްތަކުން ބުނާގޮތުން މި އުޅަނދު ރާއްޖެގެނައުމުގެ ތައްޔާރީތަކުގެ ތެރެއިން ޓީސީޖީ ​​ވޯލްކަން އިން ވަނީ އިސްތަންބޫލް ނޭވަލް ޝިޕްޔާޑް ކޮމާންޑްގައި މިއުޅަނދު މަރާމާތުކޮށް ނިންމާފައެވެ. އަދި ރާއްޖެއަށް މި އުޅަނދު ކަނޑުމަން ރާއްޖެއަށް ގެނައުމަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ އޭޕްރީލް މަހާއި ޖޫން މަހާއި ދޭތެރޭގައެވެ. ރާއްޖެއަށް ބަނދަރުކުރުމުން މި މިސައިލް ބޯޓް އެކްޓިވޭޓް ކުރާނީ ތުރުކީގެ ނޭވީގެ ޓީމަކުންނެވެ. ފުލް ޓްރާންސްފާ ޕްރޮސެސް ނިމޭނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހުގައި ކަމަށް ތުރުކިޔޭ ޓުޑޭގައި ރިޕޯޓްކޮށްފައިވެއެވެ. މި އުޅަނދުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީނުކުރުން މި އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ތުރުކީގައި ފަށާފައިވާ ކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. އެއްމަސްދުވަހުގެ މި ޓްރެއިނިންގ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ޓްރެއިނިން ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވ.މީގެ އިތުރުންވެސް ޑިޕްލޮއިމަންޓަށް ފަހު ތުރުކީގެ ނޭވަލް އިންސްޓްރަކްޓަރުން ރާއްޖޭގައި ތިބި ފުލް ކްރޫއަށް ދެ ހަފްތާގެ އެޑްވާންސް އޮންބޯޑް އޮޕަރޭޝަނަލް ޓްރެއިނިން ފޯރުކޮށްދޭނެ ކަމަށްވެސް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު