Saturday, October 31
މިއަހަރުގެ މާޗު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މިރާ) ގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

މީރާއިން ކޮންމެ މަހަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ނިމުނު 2024 ވަނަ އަހަރު ލިބުނީ 23.5 މިލިއަން ރުފިޔާއެވެ.

އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 47 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރަކީ ޒަކާތު ފަންޑަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. އެގޮތުން އަހަރު ނިމުނު އިތު ޒަކާތު ފަންޑުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު