މާޗު މަހުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 15.1 އިންސައްތަ އިތުރުވެ، ޑޮލަރުން ލިބުނު އާމްދަނީ 45 އިންސައްތަ މަތިވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މަހަކު އެއްފަހަރު އާއްމުކުރާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މާޗު މަހުގައި ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު މި އަހަރުގެ މާޗު މަހުގައި 174.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް މީރާއަށް ލިބުނެވެ. ނިމުނު އަހަރުގެ މާޗު މަހުގައި މީރާއަށް ޑޮލަރުން ލިބުނީ 119.6 މިލިއަން ޑޮލަރެވެ. އެހެންކަމުން ނިމުނު އަހަރުގެ މާޗު މަހާ އަޅާބަލާއިރު މި އަހަރުގެ މާޗު މަހުގައި ޑޮލަރު އާމްދަނީ 45 އިންސައްތަ އިތުރުވެފައިވެއެވެ.
ފުރަތަމަ ކުއާޓާގައި ދައުލަތަަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 9.1 ބިލިއަން ރުފިޔާއެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 8.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ޖުމްލަ އާމްދަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ 2.4 އިންސައްތަ އިތުރު އަދަދެކެވެ.
މި ލިޔުން ކިޔާލުމުން