Saturday, October 31
ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ވަދު ކަނދުފައްޗެއް ށ. އަތޮޅުގައި އަޅައިފި
ރާއްޖޭގެ އިތުރު ސަރަހައްދެއްގައި ވަދު ކަނދުފަތި އަޅައިފިއެވެ. މިއަދު ކަނދުފަތި އަޅާފައިވަނީ  ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައެވެ. ވަދު ކަނދުފައްޗަކީ ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ކަނދުފައްޗެކެވެ. ށ.އަތޮޅުގައި ސްޕޯޓްސް ފިޝިންގ ކަނދުފައްޗެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ށ. ފޭދޫ ކައުންސިލާއި ދެމެދު މަޝްވަރާކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. ސްޕޯރޓްސް ފިޝިން ކަނދުފަތިތަކަކީ މިހާރު ވަރަށް ޑިމާންޑު ބޮޑު ކަނދުފަތިތަކެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އެންމެފަހުން ވަދު ކަނދުފަތި އަޅައިފައިވަނީ ގދ. ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލުބޭރުގައެވެ. ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކަނދުފައްޗަކަށްވެސް ޚާއްސަ ނަންބަރެއް ދީފައިވެއެވެ. މި ސަރުކާރުން ވަނީ ރާއްޖޭގައި ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ކަނދުފަތި އަޅާ އެކަމަށް ހާއްޞަ ޖެޓީތައްވެސް މާލެއާއި މާލެއިން ބޭރުން އަޅަން ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު