Monday, November 16
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވައިފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހެމަތު ނޫރީ އެރްސޯއީ އާ ބައްދަލުކުރައްވައިފިއެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ވަޒީރު ޑރ. ޚަލީލް މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކިޔޭގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށް ވަޒީރު ޑރ. ޚަލީލް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ޑރ. ޚަލީލް ތުރުކީވިލާތަށް ފުރާވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު