Saturday, October 31
މިންހެޔޮ ކާނާގެ މުހިންމުކަމާ ގުޅޭ ގޮތުން އިސްރަށްވެހިންނަށް މަޢުލޫމާތު ދީފި
މިންހެޔޮ ކާނާގެ މުހިންމުކަމާ ގުޅޭ ގޮތުން އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީއާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން ގުޅިގެން ކަމަށެވެ. މި ސެޝަންގައި 48 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އެ ވުޒާރާއިން ބުނީ މިފަދަ އިތުރު ސެޝަންތައް ރާވާ ކުރިއަށް ގެންދިއުމަށް މި ސެޝަންގެ ބައިވެރިން އެދިފައިވާ ކަމަށެވެ. އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ރޯލެއް އަދާކުރާ ކަންކަން ކަމުގައިވާތީ، މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު