ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގޭ ބަޖެޓުން އެމަނިކުފާނުގެ ބޭނުންފުޅަށް ޚަރަދުކުރެއްވި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު، އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
އިޤްބާލް މިހެން ވިދާޅުވީ ޗެނަލް 13 އިން ގެނެސްދިން ޚަބަރަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު! ޙަޤީޤަތާއި ޚިލާފް މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް ގޮވާލަމެވެ. pic.twitter.com/ih8HEBou4A
— Iqbal Adam (@IqeyAdam) April 11, 2025
މިގޮތުން އިޤްބާލް ވިދާޅުވީ 13 އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށެވެ.
އަދި ޙަޤީޤަތާއި ޚިލާފް މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިޤްބާލް ވަނީ ގޮވާލައްވައިފައެވެ.
ޗެނަލް 13 އިން ޝާއިޢުކުރި ޚަބަރުގައި ބުނެފައިވަނީ ރާއްޖޭގެ ޚަރަދުތައް ބޮޑުވެ ދަރަނިވެސް ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ވެއްޓެމުންދާތީ، ޚަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް އަންގާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އެއް ދުވަހުގެ ކެއުމަށް އެކަނި 9،000ރ. ހޭދަކުރައްވާފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން