Friday, November 13
ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި
ތުރުކިޔޭގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ފޮރިން މިނިސްޓަރު ޑރ.އަބްދުالله ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ މި ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވައި، އަދި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ގެ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އާއި ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައި  ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 އަށެވެ. މި ފޯރަމްގައި ކުރިއަށްދާ މުހިންމު ބައްދަލުވުންތަކުގެ އިތުރުން، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ޤައުމުތަކުގެ އިސް މަންދޫބުންނާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު