Friday, November 13
ފިޔޯރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު ފިޔޯރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި ރައްޔިޔުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އަޢިވީނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ގދ.ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން، އައު ބަނދަރު ފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގެ ނެރު ބައްތިއާއި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު