އދ. ކުނބުރުދޫ ފުޓުބޯޅާ ދަނޑުގެ ނުނިމި ހުރި މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު އެރަށައް ފޮނުވައި، އަންލޯޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/swNZz7wJve
— Road Development Corporation Ltd (@rdcmaldives) April 11, 2025
މިގޮތުން އާރުޑީސީން ބުނީ އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު އެރަށައް ފޮނުވައި، އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް ސަރުކާރު ކުންފުނިތަކާ މި ފަހުން ހަވާލުކޮށްފައެވެ. މިގޮތުން އާރުޑީސީއާ ވެސް ބައެއް މަޝްރޫޢުތައް ވަނީ ހަވާލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން