Saturday, October 31
ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވަނީ
ރ. ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން އާރުޑީސީން ބުނީ ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައި، އަންލޯޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށެވެ. ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް ސަރުކާރު ކުންފުނިތަކާ މި ފަހުން ހަވާލުކޮށްފައެވެ. މިގޮތުން އާރުޑީސީއާ ވެސް ބައެއް މަޝްރޫޢުތައް ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު