Saturday, October 31
ބޮޑު ކަންނެލީގެ މަސްވެރިކަމަށް ޒުވާނުން ނެރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ޔޫނިއަންގެ ފަރާތުން ވަނީ ހިއްސާކުރައްވައި، އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ޔޫނިއަންގެ ފަރާތުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ މިހާތަނަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހިއްސާކުރި ގޮންޖެހުންތަކަށް ހައްލު ގެނެވިފައިވާ މިންވަރު ހިއްސާކުރައްވައިފައެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަކަށް ހީނަރުވަމުން ދާތީ، މި މަސްވެރިކަން ތަރައްޤީކޮށް އާމްދަނީ އިތުރު ކުރުމަށާއި، ޒުވާނުން މި މަސްވެރިކަމަށް ނެރުމަށް އެ ވުޒާރާއާއި ޔޫނިއަން އާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު