ދަރުމަވަންތަ ހޮސްޕިޓަލުގައި އޮންކޯ ފަރޓިލިޓީ ގެ ހިދުމަތް ފަށައިފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބުދުއްރައްޒާޤް ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރެވިފައިވާ ފާޓިލިޓީ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަނީ ވަރަށް ޝައުޤުވެރިކަމާއި އެކު ކަމަށެވެ. އެގޮތުން އެތަނުން އިތުރު ޚިދުމަތްތައް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރެއިން މިހާރު އޮންކޯ ފާރީލިޓީގެ ޚިދުމަތް ފަށާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
" ކެންސަރ ޕޭޝެންޓުންވެސް ވާގޮތަކީ ކީމޯ ތެރަޕީދޭއިރު ހަމަޔަގީނުންވެސް ސައިޑް އިފެކްޓްސް ގޮތުގައި ދަރިމައިވުމުގެ މައްސަލަތައް ދިމާވެދާނެތީ ކުރިއާލާ ސްޓޯކުރުމުގެ ކަންކަން ކުރުމަށް ބޭނުންވޭ" އަބުދުއް ރައްޒާޤް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ދެ ޕޭޝެންޓެއްގެ މި ޕޮރޮސީޖަރ މިހާރު ހެދިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރެވިފައިވާ ފާޓިލިޓީ ސެންޓަރުން އަންނަ މަހު ފުރަތަމަ އެމްބްރިޔޯ ޓްރާންސްފަރ ހެދުމަށް މިހާރު ވަނީ ނިންމާފައެވެ.9 ދެމަފިރިން މިކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އައިޖީއެޗުން މައުލޫމާތު ދެއްވައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ފަރޓިލިޓީ ސެންޓަރު ހުޅުވާފައެވެ.
އެތަނުން މިހާރުވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ދަރިމައިވުމާއި ގުޅޭ އެކި ފަރުވާ ފުރިހަމަކޮށްފައެވެ.
މިދިޔަ މާރޗް މަހު އައިޖީއެމްއެޗުން ވަނީ ފުރަތަމަ އައިވީއެފް ޕްރޮސީޖަރ ހަދާފައެވެ.
މި ސަރުކާރުން ވަނީ ދަރިމައިވުމުގެ ޚިދުމަތް ސަރުކާރުން ހިލޭ ފޯރުކޮށް ދިނުމަށް ނިންމާފައެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައިން އެ ފަރުވާ އަށް 100 މީހަކު ވަނީ އެކަމަށް ކަޑައަޅާފައިވާ ޝަރުތުގެ ތެރެއިން ހޮވާފައެވެ.
ދަރިމައިވުމުގެ ފަރުވާއަކީ ރާއްޖެއިން ބޭރުން ދިގު މުއްތަތަކަށް ބޮޑު ޚަރަދެއް ކޮށްގެން ދިވެހިން ހޯދަމުން އަންނަ ފަރުވާއެކެވެ.
މި ލިޔުން ކިޔާލުމުން