Tuesday, November 10
ވީއައިއޭ ގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "ޓެކްސީވޭ-ޗާލީ" ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ޓެކްސީވޭ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މަސައްކަތް ހަވާލުކުރީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ. އެ ކުންފުނިން މަސައްކަތް ނިންމަން ޖެހޭނީ 2027 ވަނަ އަހަރުގެ މެދުތެރޭގައެވެ. ބޮޑު މަރާމާތަކަށް ފަހު ޒަމާނީ ފެންވަރަށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ "ޓެކްސީވޭ ޗާލީ ރީބިލްޑް" ގެ ނަމުގައެވެ. ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މަތިންދާބޯޓާއި ފަސިންޖަރުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވި، އަލުން ގެނެވޭ ތަރައްގީއާއެކު ޓެކްސީވޭ އިމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މައުލޫމާތުދެއެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީގެކުރިން ވަނީ ކޯޑް-އެފް ރަންވޭ އާއި ޓާމިނަލްތަކުގެ އިތުރުން ފިއުލް ފާމްގެ މަރާމާތުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު