ޤައުމީ އެއާލައިން، މޯލްޑިވިއަނުން މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ޚާއްޞަ ސީދާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިއްޖެއެވެ.
މިކަން އިޢުލާންކޮށްފައިވަނީ އެ އެއާލައިނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
We are thrilled to announce special direct flights between Malé and Kuala Lumpur! Enjoy seamless travel between Maldives & Malaysia. 🇲🇻 🔁🇲🇾
Seats are limited — book now! ✈️#MaldivianAero #MaleToKL #DirectFlights pic.twitter.com/YtlBe4thio
— MaldivianAero (@MaldivianAero) April 10, 2025
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި އެ އެއާލައިނުން ކުއަލަ ލަމްޕޫރަށް މި އެޕްރީލް މަހުގެ 27 އަދި 29 ވަނަ ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން މާލެއިން ކުއަލަ ލަމްޕޫރަށް އިކޮނޮމީ ކުލާސްގެ އެއްކޮޅު ޓިކެޓު 30 ކިލޯގެ ބެގެޖު އެލަވަންސާއެކު 149 ޑޮލަރަށް ލިބޭއިރު، 40 ކިލޯގެ އެލަވަންސާއެކު އިކޮނޮމީ ފްލެކްސްގެ އެއްކޮޅު ޓިކެޓުތައް ވިއްކަނީ 174 ޑޮލަރަށެވެ.
މީގެ އިތުރުން ކުއަލަ ލަމްޕޫރުން މާލެއަށް ފްލައިޓް ތާވަލުކޮށްފައިވަނީ އެޕްރީލް 27 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.
މިގޮތުން އެޕްރީލް 27 ވަނަ ދުވަހު ކުއަލަ ލަމްޕޫރުން މާލެ އައުމަށް 30 ކިލޯގެ ބެގެޖު އެލަވަންސާއެކު އިކޮނޮމީ ކުލާހުގެ އެއްކޮޅު ޓިކެޓު 99 ޑޮލަރަށް ވިއްކާއިރު، 40 ކިލޯގެ އެލަވަންސާއެކު އިކޮނޮމީ ފްލެކްސްގެ ޓިކެޓު ވިއްކަނީ 124 ޑޮލަރަށެވެ. އަދި އެޕްރީލް 30 ވަނަ ދުވަހު ކުއަލަ ލަމްޕޫރުން މާލެއަށް ކުރާ ދަތުރުގެ އިކޮނޮމީ ޓިކެޓު 119 ޑޮލަރަށް އަދި އިކޮނޮމީ ފްލެކްސް ޓިކެޓު 144 ވިއްކުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުތަކުގެ ސީޓުތައް ވިއްކަނީ ލިމިޓެޑްކޮށް ކަމަށްވުމާއެކު، ޝައުޤުވެރިވާ ފަރާތްތަކުން އަވަހަށް ޓިކެޓު ނެގުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން