ހއ. އަތޮޅަށް އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރެއްވީ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން، ހއ. އުލިގަމަށް ވަޑައިގެން އެ ރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން ވަނީ މިއަދު ހއ. އުލިގަމަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވާފައި. ހއ.އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާތީ އެ މަސައްކަތާ ގުޅޭގޮތުންނާއި ޚިދުމަތްތައް… pic.twitter.com/NCRot1qaqx
— Maldives Immigration (@ImmigrationMV) April 10, 2025
މި ބައްދަލުވުމުގައި، އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާތީ އެ މަސައްކަތާ ގުޅޭގޮތުންނާއި، ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ހއ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
އުލިގަމުގައި އިމިގްރޭޝަންގެ އައު އޮފީސް އިމާރާތެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މާރިޗު 27 ވަނަ ދުވަހުއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއި ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި، އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅާ އިމާރާތެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ޚިދުމަތްތަކެވެ.
ނަމަވެސް، މި އައު އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން