Monday, November 2
އެމްޑަބްލިއުއެސްސީގެ ރޯދަ ޕްރޮމޯޝަނުން އުމުރާދަތުރު ލިބުނު 3 މީހުންނަށް ލިޔުން ހަވާލުކޮށްފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން "އެކުވެރި ރޯދަ 30" ގެ ނަމުގައި ހިންގި ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ތިން ފަރާތަކާ މިއަދު އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވަނީ ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

"އެކުވެރި ރޯދަ 30" އަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ރަމަޟާން މަހާ ދިމާކޮށް ހިންގި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދީފައިވެއެވެ.

ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިފައިވަނީ ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރު ދރ 1672)، މުޙައްމަދު ސަރާޙް (އުދަރެސް، ތ. ތިމަރަފުށި) އަދި ޢަލީ ނާޡިމް (ގ. ރަންދެލިގެ) އަށެވެ. މި ފަރާތްތައް ހޮވާފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމުގައި ބޭއްވި ގުރުއަތުލުމަކުންނެވެ.

އެމްޑަބްލިޔުއެސްސީން ފާހަގަކުރި ގޮތުގައި، ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކުން އިޢުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި ދަތުރު ކުރަންވާނެއެވެ. އަދި އެ ފަރާތްތަކަށް ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން ފަރާތަކަށް ދަތުރު ބަދަލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުގެ މައި ފެން ކުންފުންޏަށްވާ އެމްޑަބްލިޔުއެސްސީއަށް 30 އަހަރު ފުރުނު މުނާސަބަތުގައި ހިންގި މި ޕްރޮމޯޝަނަކީ، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އެ ކުންފުނިން ހިންގަމުންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތް ކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު