Monday, November 2
މުޝްފިޤުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި

މާލެ ދަތުރުކުރި "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ލ. މާވަށު މުޝްފިގު ޝަރީފްގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރުމަށްނިންމައިފިއެވެ.

ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރެވޭނީ މާދަމާ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައެވެ. އަދި މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

އުމުރުން 25 އަހަރުގެ މުޝްފިގު ހޯދުމަށް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިހާތަނަށް 92.42 ސްކުއެއާ ނޯޓިކަލް މޭލް ސަރަހައްދެއް ވަނީ ބަލާފައެވެ. މީގެ އިތުރުން ޑައިވްކޮށްގެން ކަނޑު އަޑީގެ 65,100 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ. އަދި މުޝްފިގު ހޯދުމުގެ މަސައްކަތުގައި ޑްރޯން ވެސް ދަނީ ބޭނުންކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު މުޝްފިގު އޭނާގެ ކޮއްކޮއާއެކު ކަނޑަށް ފުންމާލިއިރު، އޭނާގެ ކޮއްކޮ އަތުގައި ލައިފް ޖެކެޓު އޮތް ނަމަވެސް މުޝްފިގު އަތުގައި ލައިފް ޖެކެޓެއް ނެތްކަމަށްވެއެވެ. "ބޭބެ އަޅައިގެން ހުރި ލައިފް ޖެކެޓު މީހަކު އަތުލައިގަތީ ކަމަށް މުޝްފިގުގެ ކޮއްކޮ ވަނީ ބުނެފައެވެ.

މުޝްފިގުގެ ކޮއްކޮ އިތުރަށް ހާމަކުރި ގޮތުގައި، ކަނޑުމަތީގައި ބޭބޭގެ ގައިގައި ހިފަހައްޓައިގެން ހުރި ނަމަވެސް ވަކި ހިސާބަކުން އަތް ދޫވެގެން ދިޔައެވެ. އާއިލާއިން ހާމަކުރި ގޮތުގައި މުޝްފިގަކީ އެހާ ރަނގަޅަށް ފަތަން އެނގޭ މީހެއް ނޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު