Saturday, October 31
ތައިލެންޑަށް ދިއުމުގެ ކުރިން އޮންލައިންކޮށް އެރައިވަލް ކާޑް ފުރަން އެދިއްޖެ

ތައިލެންޑަށް ދިއުމުގެ ކުރިން އޮންލައިންކޮށް އެރައިވަލް ކާޑް ފުރަން އެދިއްޖެ

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން، ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް ފޮއިންގ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް  އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކް މެދުވެރިކޮށް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައެވެ.

https://tdac.immigration.go.th/arrival-card/#/home
އެހެން ކަމުން ފޮރިން މިނިސްޓްރީން ތައިލެންޑް އަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދިފައެވެ.

މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު