Saturday, October 31
މުލީ އެއަރޕޯޓް ހުޅުވުން މިމަހު 30 އަށް ތާވަލްކޮށްފި

މ އަތޮޅު މުލީ އެއަރޕޯޓް މި މަސްނިމުމުގެ ކުރިން ، މިމަހުގެ 30 ވަނަ ދުވަހު ހުޅަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވަނީ މ. މުލީ އެ އަރޕޯޓް ހުޅުވަން އެ އަތޮޅަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ދަތުެއް މިއަޮތީ މ އަތޮޅު މުއްޔަށް. މ. މުލީ ގެ އެއަރޕޯޓް ހުޅުވަން.މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ މެއި މަހުގެ 1 ނުވަތަ އޭޕްރީލް 30 ވަނަ ދުވަހު އޭގެ ކުރީދުވަހު ހުޅުވޭނެ.އެއީ އަސްލު އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ މިމަސް ނިމުމުގެ ކުރިން ހުޅުވަން.ދެން ނުހުޅުވިއްޖިއްޔާ ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން. އެހެންވީމާ އެހުރިހާ މަސައްކަތެއް އެބަހިނގާ" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭވަރަށް ނިންމުމަށެވެ.

މުލީ އެއަރޕޯޓްގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ.

މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

ރައީސް ވިދާޅުވީ މުލީ އެއަޕޯޓް ހުޅުވުމުގެ ދަތުރުންފެށިގެން ބަހާލައިގެން ރާއްޖެގެ ހުރިހާ ރަށަކަށް އޮގަސްޓްގެ ނިޔަލަށް ދަތުރުކޮށް ނިންމަން ތާވަލްކުރައްވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު