އާދިއްތަ, November 1
ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބްރައީސް ކަމުގެ މަޤާމަށް ޝިފްލާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބް ރައީސް ކަމުގެ މަޤާމަށް ޝިފްލާ އިބްރާހީމް އިންތިޚާބުކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ހުސްވެފައިވާ ނާއިބް ރައީސް ކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ ކޮމިޝަނަރ ކޮމިޝަނަރ ޝިފްލާ އިބްރާހީމް އަދި ކޮމިޝަނަރ އައިމިނަތު ނުޒުހާ އެވެ.

މި މަޤާމަށް ޝިފްލާ އިންތިޚާބުވީ 5 ވޯޓުންނެވެ.

ޝިފްލާ އަކީ ބްރޮޑްކާސްޓިން ދާއިރާގައި 20 އަހަރަށް ވުރެ  ގިނަ ދުވަހު މަސައކަތްކޮށްފައިވާ، އަދި މިދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝިފްލާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެވިޜަން މޯލްޑިވްސްގައެވެ. މީގެ އިތުރުން ބައެއް އަމިއްލަ ޓީވީސްޓޭޝަން ތަކުގައިވެސް ޝިފްލާ ވަނީ މަސައްކަތް ކުރައްވާ އެ ދާއިރާއިން މީހުން ތަމްރީންވެސް ކޮށްފައެވެ. ޝިފްލާ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވަނީ މޮޅު ޚަބަރު ހުށަހެޅުންތެރިއެއްގެ ގޮތުގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބް ރައީސް ގެ މަޤާމް ހުސްވީ އެމަޤާމްގައި ހުންނެވި އަހްމަދު ފަޒީން އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފަޒީން ބްރޯޑްކޮމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ, މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް މަޖިލީހުން ބަލައި ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް މިހާރު ވަނީ ރައީސް އޮފީހުން ހުޅުވާލާފައެވެ.

އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު