Friday, November 13
ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފަލަސްތީނަށް ފޮނުވައިފި
ޒަކާތު ފަންޑުގެ އެހީގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެ އިން ފޯރުކޮށްދީފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސް އަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާއަށް ކަނޑައެޅި ފައިސާ އިން، އެ ގައުމުގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށެވެ. '' ޒަކާތު ހައުސްއަށް ދިވެހި ލޮބުވެތި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލްވެއްޖެ. އަލްޙަމްދު ލިﷲ'' އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީން އާންމުކުރި ވީޑިއޯގައި އިޒްރޭލުގެ ހަމަލާތަކުގައި ގެތައް ހަލާކުވެފައިވާ ސަރަހައްދުގައި އުޅޭ މީހުންނަށް، ކާބޯތަކެތީގެ ފޮށިތައް ހަވާލުކުރާ މަންޒަރު ފެނެ އެވެ. ފޮށިތަކުގައި ވެސް އެއީ ރާއްޖޭގެ ޒަކާތު ހައުސް އިން ގައްޒާގެ ރައްޔިތުންނަށް ދޭ އެހީކަަމަށް ލިޔެފައިވެއެވެ. މިދިޔަ އަހަރު ވެސް ޒަކާތު ފަންޑުގެ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު