އދ. މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު ފޮނުވަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އދ. މަހިބަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތައް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/KXlTwyzcju
— Road Development Corporation Ltd (@rdcmaldives) April 9, 2025
މިގޮތުން އާރުޑީސީން ބުނީ އދ. މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތައް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 15 އޮގަސްޓު 2023 ގައެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ 42،765،652.08 ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން މަގުތައް ފަރުމާކުރުމަށާއި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ސާވޭތައް ކުރުމާއި، އީއައިއޭ ހެދުމާއި، ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމާއި، ދުވާރު ހެދުމާއި، މިހާރު ހުރި ޖަންކްޝަންތައް މަގާ އެއްވަރުކުރުމާއި، މަގުތަކުގައި ފާހަގަ ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ހަރުކުރުމާއި، މަގުބައްތި ޖެހުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން