ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި ފަސް ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލެ ފޭސް 01 އަދި 02 ގައި ހިމެނޭ 04 ކެފޭއެއް ބަލައިފާސްކޮށްފައި ކަމަށެވެ.
ގަވާއިދާހިލާފަށްއުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލެ ފޭސް 01 އަދި 02 ގައި ހިމެނޭ 04 ކެފޭއެއް ބަލައިފާސްކޮށްފައި. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް… pic.twitter.com/E6am6BVdmZ
— Maldives Immigration (@ImmigrationMV) April 10, 2025
މިގޮތުން މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން އިމިގްރޭޝަނުން ވަނީ އެޕްރީލް 8 ވަނަ ދުވަހު މާލޭގެ ސޯޝަލް ސެންޓަރ އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު އަތުލައިގެންފައެވެ.
މި ލިޔުން ކިޔާލުމުން