Saturday, October 31
ރައީސްގެ އިނގިރޭސިވިލާތުގެ ދަތުރު ދެ ލައްކައަށް ވުރެ ކުޑަ

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް އާއި އެމްއެމްޕީއާރުސީ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭން ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ޚަރަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި އެ ދަތުރުފުޅަށް އެ އޮފީހުން ޚަރަދުކުރީ 153،689.92 ރުފިޔާ ކަމަށެވެ. ނަމަވެސް އެ ފައިސާ ޚަރަދުކުރީ ސީދާ ކޮންކަމަކަށް ކަމެއް ތަފްޞީލްކޮށްދީފައެއް ނެތެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި އެ މެޗުގައި ވަނީ، އެމްއެމްޕީއާރްސީ އާއި ލިވަޕޫލް ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައެވެ.

ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ރައީސް ގެ މި ދަތުރުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް އަދި މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބުދުﷲ ރާފިއުވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު