ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.
އދ. މާމިގިލީގައި މިއަދު މި ހަރަކާތް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ހަރަކާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މާމިގިލީގައި މިއަދު 10 އަނބުގަސް ވަނީ އިންދައިފައެވެ.
އަދި މި ހަރަކާތުގެ ތެރެއިން ރާއްޖޭގައި ފުލުހުން ޤާއިމުވެތިބި ހުރިހާ ރަށެއްގައި ވެސް މޭވާ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން އެ ޚިދުމަތުގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކެމްޕޭނެއްވެސް މިދިޔަ މަހުން ފެށިގެން ކުރިއަށް އެބަ ގެންދެއެވެ.
ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަހަކީ މާރިޗު މަހުގެ 29 ވަނަ ދުވަހެވެ.
މި ލިޔުން ކިޔާލުމުން