އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބުދު ރައްޒާޤް ހަލީމް ވިދާޅުވެއްޖެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު'' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ ދަރިވަރުން އިންޓަރންޝިޕް ހަދަމުންދާއިރު ކޮންމެ ކުއްޖަކަށް ސުޕަވައިޒަރެއް ބޭނުންވާނެއެވެ. އެހެން ކަމުން އައިޖީއެމްއެޗަށް ކުދިން ނެގެނީ ވަކިވަރަކަށް ކަމަށާއި އެ ލިމިޓަށްވުރެ ގިނައިންވެސް ކުދިންނަގައިގެން އިންޓަރޝިޕް ގެ ފުރުޞަތު ދެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ހަލީމް ވިދާޅުވީ އެ އަދަދު ކޮންޓްރޯލްކޮށް ރާއްޖޭގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުޞަތު ދިނުމަށް އިސްކަންދީ ކުދިން މަދުކުރަންޖެހުނު ކަމަށެވެ. އޭގެ ސަބަބަކަށްވީ އެކުދިން ސްޕަވައިޒްކޮށް، އަމަލީ ތަޖުރިބާ ހޯދާއިރު، ދިމާވެދާނެގޮންޖެހުން ކުޑަކުރުން ކަމަށް އޭނާވިދާޅުވިއެވެ.
ނަމަވެސް މިކަމަށް އޮޮތް ޑިމާންޑް ބޮޑުވެ ރާއްޖޭގައި މެޑިސިން ކިޔަވާ ދަރިވަރުން އިތުރުވެ އިންޓަރންޝިޕް ހަދަންޖެހޭ ކުދިންގެ އަދަދު އިތުރުވުމުން މިހާރު އެހެން ހޮސްޕިޓަލުތަކުގައި އެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި އެ ޚިދުމަތް ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.
" ހަމައެއާއި އެކު އަޅޫގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ، ހުޅުމާލޭ ހޮސްޕިޓަލަކީވެސް ޓަރޝަރީ ޚީދުމަތްދޭ ހޮސްޕިޓަލަކަށްވާތީވެ އައިޖީއެމްއެޗްގެ ، ނޭޝަނަލް ހެލްތު އެކެޑެމީ އާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުންވެސް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދޭން. ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން މިދަނީ.އަޅުގަނޑުމެން ޓަރގެޓް މިކުރަނީ އިރާދަކުރެއްވިއްޔާ އަންނަ ޖޫންމަހު ކަންކަން ރަނގަޅަށް ގޮސްފިނަމަ 15 ކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓަރޝިޕް ފުރޞަތު ދެވޭނެ ކަމަށް'' އަބުދު ރައްޒާގް ހަލީމް ވިދާޅުވިއެވެ.
ހަމީމް ވިދާޅުވީ މިއަހަރު ފެށުނުއިރު ވެސް 60 އަށް ވުރެ ގިނަ ދަރިވަރުން އިންޓަރންޝިޕް ހަދަމުންގެންދިޔަ ކަމަށެވެ.
ރާއްޖޭގައި ވިހާވެސް ގިނަ ޑަޮކްޓަރުން ތަމްރީންވެ ރާއްޖޭގައި ޚިދުމަތް ކުރުމަކީ ސަރުކާރުންވެސް ބޭނުންވާ ކަމެކެވެ. ސަބަބަކީ ރާއްޖެއަކީ އަދިވެސް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ލިބުންދަތިވެފައިވާ ގައުމަކަށްވާތީއެވެ.
މި ލިޔުން ކިޔާލުމުން