Friday, November 13
ގާފަރު ބޭރުގައި ކަނދުފައްޗެއް އަޅައިފި

ކ. ގާފަރު ބޭރުުން ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ގާއިމުކޮށްފައިވާ ކަމަށެވެ. މިއަދު އެޅި ކަނދުފަތީގެ ނަންބަރަކީ G10D01 އެވެ.

ގާފަރު ބޭރުގައި ކަނދުފައްޗެއް އަޅާފައި މިވަނީ އެ ރަށު ބޭރުގައި އޮތް ކަނދުފަތި ކަނޑައިގެން ދިޔަތާ ގިނަ އަހަރުތަކެއް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

ދޮށީގެ މަސްވެރިކަމުގެ ކަނދުފަތީގެ އިތުރުން ކ. އަތޮޅުގައި ސްޕޯޓްސް ފިޝިންއަށް ޚާއްސަ ތިން ކަނދުފައްޗެއް އޮވެއެވެ. އެއީ ކ. ގާފަރުގެ އިރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު